ފިޝަރީޒް މިނިސްޓްރީގެ ދަށުން ހުޅުމާލޭގައި ހިންގަމުން އަންނަ ފެޑް ސެންޓަރުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔަން ނިންމައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައިވާގޮތުންނަމަ، އެތަކެތި ވިއްކާލަން ނިންމާފައިވަނީ ދުވަހު ނީލަން އުސޫލުންނެވެ. ވިއްކާލާތަކެތީގެ ތެރޭގައި، އެކޯ ސައުންޑަރުތަކާއި، އެއަރކޮންޑިޝަންތަކާއި، ކޮމްޕިއުޓަރުތަކުގެ ކީބޯޑާއި މޮނިޓަރާއި ސީޕީޔޫއެއްގެ އިތުރުން، ދޮންނަ މެޝިނަކާއި، އައިސް އަލަމާރިއަކާއި، ފްރީޒަރ ފަދަ އާލާތްތައް ހިމެނެއެވެ. ފިޝަރީޒް މިނިންޓްރީން ނީލަމާގުޅޭގޮތުން ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނުން ނީލަމުގައި ވިއްކާ ތަކެތީގެ ތަފްސީލު ބަލާލެވޭނެއެވެ. ވިއްކާލާ ތަކެތީގެ ތެރޭގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ބޭނުންކޮށްފައިވާ ގިނަ އަަދަދެއްގެ ސާމާނު ހިމެނެއެވެ.












