މަސް ދޯންޏެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
ކަންނެލި މަސްވެރިކަން ކުރަމުން އަންނަ އުޅަނދެއްކަމަށްވާ ”ފްރެޝް ފްރޮމް ދަ ސީ“ ދޯނީގައި އަލިފާން ރޯވެފައިވަނީ ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދަނިކޮށްނެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންްސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ، 15 މީހުންނާ އެކު ދަތުރުކުރަމުންދިޔަ އެ ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން މެރިން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށާއި، މި ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކައި ކުރުނބާ މޯލްޑިވްސްގެ އުޅަނދެއްގައި މާލެ ދަތުރުކުރަމުންއަންނަ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި މީހުންގެ ތަފުސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނިގޮތުގައި، މިހާދިސާގެ ރިޕޯޓް އެ އިދާރާއަށް ކޮށްފައިވަނީ މެންދުރު 14:54 ހާއިރުއެވެ.
މުޖުތަމައު
ވިޔަފާރި