ވިލުފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ”ދި ޔުނިޓީ މަސްރޭސް“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
”ދި ޔުނިޓީ މަސްރޭސް“ އަކީ، 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކައުންސިލުން އިންތިޒާމު ކުރި ރޭހެކެވެ.
ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކުރިން އެ ރޭސް ބާއްވަން ނިންމި ތާޜީޚުގައ ބޭއްވިފައި ނުވާތީ، ރޭހުގައި ބައިވެރިވުމަށް ބޭނުންވާ އިތުރު ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް ކައުންސިލުން ބުންޏެވެ. ރޭޙުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2025 ޑިސެމްބަރ 25 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ކައުންސިލުން އެދިފައި ވެއެވ.










