މަސްވެރިކަން ކުރާ ހުރިހައި އޮޑިފަހަރަކަށް ރާއްޖޭގެ އިތުރު 8 ސަރަހައްދަކުން ސަބްސިޑީ ރޭޓުގައި ޑީސަލް ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މާރޗް މަހުން ފެށިގެން ހުޅުމާލެ ކ.ހިންމަފުށި. ޅ. ފެލިވަރު، ގއ.ކޫއްޑޫ، ސ.ހުޅުދޫ މިފްކޯ އަދި އެފްއެސްއެމް ޝެޑުން ހެޔޮ އަގުގައި މަސްވެރި އުޅަނދުފަހަރަށް ޑީސަލް ވިއްކަން ފެށިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން މިއަދު ބުނީ، މިޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި އަގު ހެޔޮ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރި މަސައްކަތުން އެފްއެސްއެމްގެ ސްކިޑް ގާއިމް ކޮށްފައިވާ އިތުރު 8 ރަށަކުން އަގު ހެޔޮ ރޭޓެއްގައި މަސްވެރިންނަށް ތެޔޮ ލިބޭނެގޮތް ހަމަޖެހިފައިވާކަމަށެވެ. މިއާއެކު ”ފަހި ހަކަތަ“ ގައި ރަސްޖިސްޓްރީކޮށްފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި 13 ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމު މިވަނީ ހަމަޖެހިފައެވެ.
**ސަބްސިޑައިޒް އަގުގައި ތެޔޮ ދޫކުރާ ރަށްތައް: *** ހއ.އިހަވަންދޫ











