ޕްރައިވެޓް ސެކްޓަރ ގައި މަސް ގަންނަ މައިި ކުންފުނިތަކުން ކަޅުބިލަ މަސް ކިލޯއެއްގެ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި އެވެ.
މިއަދުގެ މާކެޓް އަގުތަކަށް ބަލާއިރު، އެންސިސް ފިޝަރީޒް އާއި މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ބިގް ފިޝް އާއި އޯޝަން ހަންޓާސްއިން ކަޅުބިލަ މަސް ގަންނަމުންދަނީ ކިލޯއެއް 21 ރުފިޔާގެ ރޭޓުންނެވެ.
މި ހުރިހައި ކުންފުނިތަކުންވެސް އެ ކުންފުނިތަކުގެ މައި ޕްލާންޓްތަކުން މި އަގުތަކުގައި ދަނީ މަސް ގަންނަމުންނެވެ. ބައެއް ކުންފުނިތަކުން ދަނީ މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް އެ ކުންފުނިތަކުގެ އުޅަނދުތައް ފޮނުވައިގެން މަސް ގަންނަމުންނެވެ.
އެގޮތުން ބަލާއިރު ބިގް ފިޝްގެ 80 ޓަނުގެ ކެޕޭސިޓީގެ ”ކުރިމަގު“ އޮޑި މިހާރު އޮތީ ގއ. ނިލަންދޫގައެވެ. އަދި 63 ޓަނުގެ ކެޕޭސިޓީގެ ”ޝިފާ“ އޮޑި މިހާރު އޮތީ ގދ. ކަނޑުހަލަގަލާގައެވެ. މި އުޅަނދުފަހަރުތަކުންވެސް 21 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން މަސް ގަންނައިރު، މަސް ވިއްކާ އޮޑިފަހަރަށް ވަގުތުން ވަގުތައް ދަނީ ފައިސާ ދެމުންނެވެ.
މާންދޫގެ ކެރިއަރު މިވަގުތު އޮތީ ގއ. ދާންދޫ ސަރަހައްދުގައެވެ.
ޕްރައިވެޓް ކުންފުނިތަކުންް ކަޅުބިލަމަސް ގަންނަ އަގު އުފުލާފަައި މިވަނީ، މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށްވީނަމަވެސް، އެންވެރިކަން ދަށްވުމާއެކު މަސް ބޭނޭ މިންވަރު ބޮޑު ތަނުން ދަށްވެ ކުންފުނިތަަކަށް ސްޓޮކް ހޯދުމުގައި ދަތިތަކާއި ކުރިމަތިވުމާއި ގުޅިގެންނެވެ.