މާލޭ މަސް މާރުކޭޓް ހިމެނޭގޮތަށް މާލޭ އުތުރު ހާބަރު ސަރަހައްދުގައި ގާއިމުކުރާ، މާލޭ ވެޓް މާކެޓް ކޮމްޕްލެކްސްގެ މަސައްކަތް ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫގެ މަސައްކަތް އިއްޔެ ހަވާލުކޮށްފައިވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލްއެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުލް ހާދީއެވެ.












