ހުވަދު އަތޮޅުގައި މިފްކޯއިންް އޮޕަރޭޓްކުރަމުން އަންނަ މަސްކިރާ ބޯޓް ޖަޒީރާ-102 އިން މިއަދު މަސްވެރިންނަށް ޑީސެލް ލިބޭނެކަމަށް އެކުންފުނިން ބުނެފި އެވެ.

މިފްކޯއިން ބުނީ، އެބޯޓުގެ ޖެނެރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް، ކޫއްޑޫ ފިޝަރީޒް އިން ތެޔޮ ބަރުކޮށްގެން މިހާރު ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދާކަމަށެވެ. އެހެންކަމުން މިއަދު އެ ބޯޓުން މަސްވެރިންނަށް ޑީސަލް ލިބޭނެކަމަށް މިފްކޯއިން ބުންޏެވެ.

ގދ އަތޮޅުގައި ދެން ތެޔޮ ލިބެން ހުރީ ތިނަދޫގައެވެ. ތިނަދޫ ބަނދަރުގައި އޮތް މަހާކަލަމިންޖާ-401 އިން މަސްއޮޑިފަހަރަށް ދަނީ ތެޔޮ ދޫކުރަމުންނެވެ.