ވައި ގަދަވާނެކަމަށް ލަފާކޮށް އުތުރު އަތޮޅުތަކަށް ހުދުސަމާލު ނެރެފިއެވެ.
ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 05:45 އިން މިރޭ 11:00 އާ ހަމަޔަށެވެ. އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްނެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، ބައެއް ރަށްތަކަކަށް ކެރީގެ އަސަރުފޯރި ނަމަވެސް މޫސުން ޢާންމު ގޮތެއްގައި ރަނގަޅު ވާނެކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމށް ލަފާކޮށްފައިވާއިރު، ރާޅުތަކުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދު އެވެ.