ލ.މާވަށު އައިސްޕްލާންޓު ގާއިމް ކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ މަސައްކަތް މިފްކޯއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ލ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމްއެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓު ޔުނިޓްގެ މެނޭޖަރ މުހައްމަދު ޝަމީމްއެވެ.
މި އެއްބަސްވުމުގެ ދަށުން މާވަށުގައި ގާއިމްކުރަނީ 10 ޓަނުގެ އައިސްޕްލާންޓަކާއި، 20 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓިއެކެވެ. މި މަސައްކަތް ނިންމާ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނެވުމާއެކު، މާވަށާއި، ލ އަތޮޅު ހިމެނޭ ސަރަހައްދުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މިކަމުގެ މަންފާކުރާނެއެވެ.












