ހއ.ކެލާ ބޭރުގައި ދޮށީ ކަނދުފައްޗެއް އަޅައިފި އެވެ.
ފިިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމުން މިއަދު އެ ކަނދުފަތި އަޅާފައި ވަނީ ހއ.ކެލާގެ އުތުރުން 17 މޭލު ބޭރުގައެވެ. ދޮށީ ކަނދުފަތި ނަންބަރަކީ، B09D01-02 އެވެ.
މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

07°14.333’N
17.700 73°’E
ދޮށީ ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅަމުން އަންނަ ކަނދުފަތިތަކެކެވެ. އެކަނދުފަތިތަކުގެ ވަށައިގެންވާ ސަރަހައްދުގައި ދޮށީ މަސްވެރި އުޅަނދުފަހަރަށް ދަތިވާގޮތައް އެހެނިހެން މަސްވެރިކަން ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.
ރާއްޖޭގެ ކަނދުފަތި ވިއުގައަށް ބަލާއިރު މިވަގުތު 65 ދޮށީ ކަނދުފަތި އެބަައޮތެވެ. އޭގެތެރެއިން 4 ކަނދުފަތި ގާއިމުކޮށްފައިވަނީ ހއ އަތޮޅުގައެވެ.