އިންޑިއާގެ ކާގޯ ބޯޓު ”އެމްއެސްވީ ޑައުލާ“އިން ކަނޑަށް ވެއްޓިގެން ހޯދަމުންދިޔަ އިންޑިއާ މީހާ މަރުވެފަ އޮއްވާ ފެނިއްޖެއެވެ.
ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު ”އެމްއެސްވީ ޑައުލާ“ގައި ހުރި އެމީހާ ކަނޑަށް ވެއްޓުނީ މިމަހުގެ 23 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. އެމްއެންޑީއެފަށް އެރޭ މި ހާދިސާ ރިޕޯޓްކުރުމާއެކު، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދިޔައީ ކުރަމުންނެވެ.









