އައްޑޫ ސިޓީ މަރަދޫ ބަނދަރުގައި އަޅާފައި އޮއްވައި، ރޭ ދަންވަރު ދިޔަވެ އަޑިއަށް ދިޔަ އޮއިވަރު ދޯނީގެ ދިޔަ ހިއްކައިފި އެވެ. އޮއިވަރު ދޯންޏަކީ އައްޑޫ ސިޓީގައި މަސްވެރިކަން ކުރަމުން އަންނަ 85 ފޫޓްގެ ދޯންޏެކެވެ.
https://keyolha.com/wp-content/uploads/2024/11/WhatsApp-Video-2024-11-10-at-1.08.19-PM.mp4 https://keyolha.com/wp-content/uploads/2024/11/WhatsApp-Video-2024-11-10-at-1.08.19-PM-1.mp4
އެމްއެންޑީއެފްއިން ބުނީ. އެދޯނި ދިޔަވާކަމުގެ މަޢުލޫމާތު ރޭ ދަންވަރު 01:05 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށްގޮސް އެ ދޯނީގެ ދިޔަ ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި، ދޯނީގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމުނީ ރޭ ފަތިހު 05:10 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.












