މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
މެންދުރު 14:30 އިން ހަވީރު 18:30 އަށް އަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ، ޅ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަޔަށެވެ.
ސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭވެހި ގުގުރާނެކަަމަށް ލަފާކޮށްނެވެ. މީގެ އިތުރުން، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.










