އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރުމަށް ނިންމާފައިވާ މަސްމާރުކޭޓް ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލް ބީލަމަށް ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ، މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ހުރިހައި ފަރާތްތަކައް ބީލަމުގައި ބައިވެރިވުމުގެ ދައުވަތު ހުޅުވާލާފައިވާކަމަށެވެ. އަދި، ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް، އެކަމަށް ބޭނުންވާ ބިޑް ޑޮކިއުމަންޓް އޮގަސްޓް 17 ވާ އާދީއްތަ ދުވަހުގެ 14:00 އާއި ހަމަޔަށް ކައުންސިލް އިދާރާއިން ގަންނަން ލިބޭނެކަމަށާއި، ބީލަމުގައި ބައިވެރިވެވޭނީ 300/- ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކައިގެންކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލުން ބުނީ، މި މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 9،980.00ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށާއި، ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް އެމެރިކާ ޑޮލަރުން ހުށަހެޅިދާނެކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ސެޝަނެއް އޮގަސްޓް 18 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައި ބޭއްވުމަށް ރާވާފައި ވެއެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2025 ސެޕްޓެންބަރު 01 ވާ އަންގާރަ ދުވަހުގެ 10:30 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ، އަނބުރާ ރައްދުކުރެވޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.