މިއަދުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައިގަދަވެ، ކަޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
ކުރިޔަށް އޮތް 24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް، އެ އިދާރާއިން ބުނީ، ބައެއް ރަށްތަަކަށް މެންދުރުކުރިން ކެރީގެ އަސަރުކޮށް، މެންދުރުފަހުން ވިއްސާރަކުރުމާއެކު ގުގުރުންް އެކަށީގެންވާކަމަށެވެ.
ވައި ޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.
މެޓް އޮފީހުން ބުނީ، ކަނޑު ގަދަވާނެކަމަށާއި، 4-7 ފޫޓް އުސްމިނުގައި ރާޅު ނަގާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މިއަދުވެސް އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.