އެންސިސް ފިޝަރީޒްއިން ހުޅުމާލޭގައި ގާއިމުކޮށްފައިވާ މަސް ބަންދުކުރާ ކާރުޚާނާ މިފްކޯއަށް ގަތުމުގެ މަޝްވަރާތައް ކުރިޔަށްދާކަން އެކުންފުނިން ހާމަކޮށްފިއެވެ.
މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހާމަކޮށް މިފްކޯއިން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިފްކޯއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކ،ީ މަސްގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއ،ި ހިންގުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗަރ، މެޝިނަރީއަދި އެހެނިހެން އާލާތްތަކަށް މަޖުބޫރު ރިޕެއަރ، އެންޑް މެއިންޓަނަންސ،ްވަރަށް ބޮޑުތަނުން ލަސްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތައްކަމަށެވެ. އެހެންކަމުން މަރާމާތުގެ މަސައްކަތްތަކަށް އިސްކަމެއް ދެވިފައިވީ ނަމަވެސް، ކުންފުނީގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި
އެކި ދާއިރާތަކުން މަސައްކަތްތަކެއް ކުރަމުންގެދާކަމަށް މިފްކޯގެ ބަޔާނުގައި ވެއެވެ.
މިފްކޯގެ ބަޔާނުގައި އެ ކުންފުނިން މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން ލިނިގަތުމަށާއި، ގަންނަ މަހަށް ރާއްޖޭގައި ވެލިޔު އެޑްކުރުމުގެ ޤާބިލުކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކޮށްފައި ވެއެވެ. އެގޮތުން ސަރުކާރުގެ އެހީތެރިކަމާއެކު މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިހާރު ކުރަމުންދާކަން ބަޔާންކޮށްފައި ވެއެވެ.
މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ދަށުން، އެންސިސް ފިޝަރީީޒްގެ ކޭނަރީ މިފްކޯއަށް ގަތުމުގެ މަރުހަލާތައް ކުރިޔަށްދާކަމަށް މިފްކޯއިން ބުނެފައި ވެއެވެ. މިފްކޯއިން ބުނެފައިވަނީ އެންސިސް ކޭނަރީ އަކީ ފަހުގެ މެޝިނަރީއާއި އާލަތްތަކާއެކު އިންވެސްޓްކުރުމަށްފަހު އޮޕަރޭޝަން ހުއްޓާލާފައިވާތާ ދޮޅުއަހަރުވެފައިވާތަނެއްކަމަށެވެ. އަދި، އެންސިސް ކޭނަރީގެ ޕްރޮސެސިންގް ކެޕޭސީޓީ، މިފްކޯއަށް ލިބިގަތުމަށްޓަކައ،ި ދިރާސާތައް ނިންމައި، އެތަން ގަތުމަށް އެންސިސްއާއިއެކު މަޝްވަރާ ކުރަމުން އަންނަކަމަށް މިފްކޯއިން ބުނެފައި ވެއެވެ.