ބ. ފެހެންދޫ ބަނދަރު ސަރަޙައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

ފެހެންދޫ ކައުންސިލުން ބުނީ، ދާއިމީ ގޮތެއްގައި މަހުންމަހުން އުޖޫރަދޭގޮތަށް،  ބަނދަރު ސަރައްހައްދު(635×45ފޫޓުގެ ބިން) ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެހެންކަމުން މިމަސައްކަތް ކޮށްދޭން ބޭނުންވާފަރާތްތަކައް މީހާރު ކޯޓޭޝަން ހުޅުވުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާކަމަށެވެ. މި މަސައްކަތައް ކޯޓޭޝަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންނަށްކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ބުނީ ބަނދަރު ސަރަހައްދު ސާފުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް، 07 ޑިސެމްބަރު 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން ކައުންސިލް އިދާރާއަށް ގޮސްގެން ނުވަތަ އީމެއިލަށް info@fehendhoo.gov.mv ކޯޓޭޝަން ހުށަހެޅިދާނެކަމަށެވެ.