ލ.މާވަށު ބަނދަރުމަތީ މަސްކަނޑާ އަށި ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ.
ބީލަން ހުށައެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު، ބީލަން ހުށަހެޅުމުގެ ސުންގަޑީއަކީ 2025 ޖެނުއަރީ 05 ވާ އާދީއްތަ ދުވަހު 13:30 ކަމަށް ކައުސިލުން ބުނެފައި ވެއެވެ. އަދި، މިމަހުގެ 31 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެކަމަށް ކައުންސިލުން ބުންޏެވެ. ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/150 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރައި، ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް (info@maavahcouncil.gov.mv) މެއިލް ކުރުމަށް ކައުންސިލުން އެދިފައި ވެއެވެ.












