މ. ކޮޅުފުށީ ރައްޔިތުންގެ މަސްދޯނިކަމަށްވާ ”ދުރުރާސްތާ-8“ ބީލަން އުސޫލުން ކުއްޔަށް ދިނުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
85 ފޫޓް ބޮޑު މިނުގެ މި ދޯނި ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ކޮޅުފުށީ ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ.
ކޮޅުފުށި ކައުންސިލުން ބުނީ، ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން 23 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ބީލަން ފޮތް ގަނެވޭނެކަމަށާއި، ބީލަން ފޮތެއްގެ އަގަކީ، 1000 ރުފިޔާ ކަމަށެވެ.
ދޯނި ކުއްޔަށް ހިފަން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމާއި، އަންދާސީ ހިސާބު ހުޅުވުުން އޮންނާނީ 24 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 11:00ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ދޯންޏާބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް، ރަސްމީ ގަޑީގައި ކައުންސިލް ނަންބަރު 6720606 އަށް ގުޅާލައިގެންް ނުވަތަ info@kolhufushi.gov.mv އަށް މެއިލްކޮށްލައިގެން މައުލޫމާތު ސާފުކޮށްލެވޭނެއެވެ.