ޅ. އޮޅުވެލިފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުެިއްޒު ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި، ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ސައުދީ އާއ،ި އޮޅުވެލިފުށީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 7534 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 49,857 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމާއ،ި 14,160 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 164 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 172 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއ،ި 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތެރެއަށް ވެލިތޮއްޓެއް ޖެހުމާއ،ި 156 މީޓަރުގެ ސަރަހައްދެއްގައި އެތެރެވަރިއަށް ވެލިތޮއްޓެއް ޖެހުމާއ،ި 246 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 27 މީޓަރު ދިގު 5 މީޓަރު ފުޅާ އާރްސީ ބްރިޖެއް ހެދުމާއ،ި 132 މީޓަރު ދިގު 2 މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުމާއ،ި 1149 އަކަމީޓަރުގެ ސަރަ ހައްދެއްގައި ހާބަރ ޕޭވްމަންޓެއް ހެދުމާއ،ި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވ.ެ މީގެ އިތުރުނ،ް ފެރީ ބަނދަރު ކުރަން އެކްސަސް ޕްލެޓްފޯމެއް ހަދާނެއެވެ.












