މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) ގެ ސީއީއޯ ޑރ. ވިތާލީ ލުބިމޯފް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) އަށް ޒިޔާރަތްކޮށްފި އެވެ.

ވިތާލީ ރޭގެ ވަގުތެއްގައި ކޭއެފްސީއަށް ވަޑައިގެންނެވީ އެތަނުގެ އޮޕަރޭޝަންތައް ކުރިޔަށްދާ ގޮތް މުރާޖައާ ކުރެއްވުމަށްފަހު، އޮމާންކަމާއެކު އެތަނުގެ އޮޕަރޭޝަންތައް ކުރިޔަށްގެންދެވޭނެ ގޮތްތަކެއް ދެނެގަތުމުގެ ގޮތުންނެވެ. ޚާއްސަގޮތެއްގައި ކޭއެފްސީގެ އޮޕަރޭޝަނަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، އޮޕަރޭޝަން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުން ހިމެނެއެވެ.

ވިތާލީ ކޭއެފްސީއަށް ވަޑައިގަތުމުން، އެތާނގެ މުވައްޒަފުން ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ. ވިތާލީގެ މިދަތުރުފުޅުގައި މިފްކޯގެ ބައެއް އިސް ވެރިން ބައިވެރި ވަޑައިގަންނަވައެވެ.