ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ މި ޕްރޮޖެކްޓުގެ ދަށުން ބެޗެލަރސް ޑިގްރީ ފެންވަރުގެ ތިން ކޯހެއް އިއުލާނުކޮށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 13 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ، ސްކޮލަރޝިޕް ލިބޭ ފަރާތްތަކުން ކޯސް ފުރިހަމަކުރުމަށްފަހު ސިވިލް ސަރވިސްގެ ޤަވާއިދުގައި ވާގޮތަށް، މިނިސްޓްރީގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެކަމަށެވެ.
ސްކޮލަރޝިޕަށް ކުރިމަތިލެވެނީ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ 05 މާއްދާއިން ’ސީ‘ އިން ފެށިގެން މަތީ ގްރޭޑެއް އަދި ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން ’ސީ‘ އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވާ ދަރިވަރުންނަށެވެ. އަދި، ފައުންޑޭޝަން ނުވަތަ ސަރޓިފިކެޓް ލެވެލްގެ ޔުނިވަރސިޓީ އެންޓްރެންސް ގަބޫލުކުރާ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށްވެސް މި ކޯސްތަކަށް އެދި ކުރިމަތިލެވިދާނެއެވެ.
ކޯސްތަކުގެ ތަފްސީލު:
ކޯހުގެ ލެވެލް:












