ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރެފައިވަނީ މެންދުރު 12:00 އިން ހަވީރު 06:00 އަށެވެ.

ސަމާލ ނެރެފައިވާ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.