ރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ އެހެން ހުރިހާ އަތޮޅަކުން އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބެނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
**ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވިދާޅުވީ މެދުއިރުމަތީ ހަނގުރާމަޔާ ގުޅިގެން ****ދިވެހިރާއްޖެއަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށާއި، ****ވަކިން ޚާއްސަކޮށް ހަނގުރާމައިގެ ****ނުތަނަވަސްކަމާ ****ގުޅިގެން ތެލަށް ވަރަށް ބޮޑު ބަދަލުތަކެއް އައިކަމަށެވެ. އަދި، ****ތެލަށް އަންނަ ކޮންމެ ބަދަލަކީ މަސްވެރިން އެކަމެއްގައި އެންމެ ބޮޑު އުނދަގޫތައް ތަހައްމަލުކުރާނެ.**އެއީ
”މަސްވެރިންނަށް މަސްކަނޑުތަކަށް ނިކުމެގެން ނޫނިއްޔާމު އަޅުގަނޑުމެންނަކަށް މި މަސް ލޭންޑްއެއް ނުކުރެވޭނެ. **އަދި އެހެން ވިޔަފާރިތަކާ ޚިލާފަށް މަސްވެރި ސިނާއަތުގައި ހަރަކާތްތެރި މިވަނީ ވަރަށް ބޮޑަށް ****އާއިލާތަކެއްގެ ދޯނިތަކެއް ނޫނީ ކޮމިއުނިޓީއެއްގެ ތެރެއިން ކުރެވޭ މަސައްކަތަކަށް ވާތީ އާއި އެކީގައި ****މިގޮތަށް އަންނަ ގޮންޖެހުންތައް ހަގީގަތުގައި އެންމެ ބޮޑަށް އަސަރުކުރާ އެއް އިންޑަސްޓްރީ އަކީ މަސްވެރިކަންް. އަޅުގަނޑުމެންގެ ޕްރައިމަރީ އިންޑަސްޓްރީ މަސްވެރިކަމަކީ. **މަސްވެރިކަމަށް ވެސް އަދި ދަނޑުވެރިކަމަށް ވެސް މިކަމުގެ ވަރަށް ބޮޑު ނޭދެވޭ އަސަރު ކުރޭ.“ ވަޒީރު އަހްމަދު ޝިޔާމް
ވަޒީރު ވިދާޅުވީ ހަނގުރާމައިގެ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ނެންގެވި ފިޔަވަޅުތަކުގެ ތެރޭގައި މަސްވެރިންނަށް ވިއްކާ ތެޔޮ، ކުޑަ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސެވިކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސީ މަސް ކަނޑުތަކަށް މަސްވެރިން ނެރުމަށްކަމަށާއި، އެ ކުރެވުނު މަސައްކަތްތަކުގެ ދަށުން ދެ އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅަކުން މިހާރު މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
**”ދިވެހިރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅަކުން މިވަގުތުވެސް މި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތައް މިވަނީ ހަމަޖެހިފައި. އެއީ މިވަގުތު މ. އަތޮޅާއި ލ.އަތޮޅުން އަޅުގަނޑުމެންނަކަށް ސީދާ ކޮންމެ ދުވަހަކު ތެލެއް ނުވިކޭ. އެހެންނަމަވެސް ބައެއްފަހަރު މިފްކޯގެ ބޯޓުން ތެޔޮ ލިބޭނެ އިންތިޒާމުތަކާއެކީގައި މި ދެ އަތޮޅުންވެސް ކޮންމެސްވަރަކަށް އަޅުގަނޑުމެންނަށް ތެޔޮ ވިކޭ. **އެހެންނަމަވެސް ދާއިމީ ހައްލެއް އަޅުގަނޑުމެންނަށް ނުދެވި މިވަގުތު މިއޮތީ މި ދެ އަތޮޅުގަ.“ ވަޒީރު އަހްމަދު ޝިޔާމް
ސަރުކާރުގެ ’ފަހި ހަކަތަ‘ ޕްރޮގްރާމުގައި ރަޖިސްޓަރީކޮށްފައިވާ ހުރިހާ މަސް އޮޑިފަހަރަށް މި އިންތިޒާމުގެ ދަށުން ސަބްސިޑީ ލިބޭ ތެޔޮ ގަތުމަށް ޝަރުތުހަމަވާ ކޮންމެ މަސްދޯންޏަކަށް ވެސް ތެލުގެ ކޯޓާ ކަނޑައަޅައި ދޫކުރަމުން ގެންދަނީ ގާއިމުކޮށްފައިވާ ރަސްމީ ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން ފަހި ހަކަތަ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ހުރިހާ މަސް އޮޑިފަހަރަށް، އެއްވެސް ދަތިކަމެއް ނެތި ސަބްސިޑައިޒް އަގުގައި މ އަތޮޅާއި، ތ އަތޮޅު ފިޔަވައި އެހެން ހުރިހައި އަތޮޅަކުން ތެޔޮ މިހާރު ލިބެއެވެ.