އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން(އައ.ިއ.ޯޓ.ީސީ)ގެ 30 ވަނަ ބައްދަލުވުން މިމަހު ރާއްޖޭގައިބާއްވަން ތައްޔާރުވަމުން އަންނަކަމަށް. މިނިސްޓްރީ އޮފް ފިޝަރީޒް ، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ބުނެފިއެވެ.
އައި.އޯ.ޓީ.ސީގެ ބައްދަލުވުމާއި ބެހޭގޮތުން މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ މި ބައްދަލުވުން އޮންނާނީ މިމަހު 4 އިން 15 އަށް ބާސެލޯ ނަސަންދުރާގައިކަމަށެވެ. މިއީ އައ.ިއ.ޯޓ.ީސީ ކޮމިޝަން ބައްދަލުވުމެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
އައ.ިއ.ޯޓ.ީސީގެ މައި ބައްދަލުވުމުގެ އިތުރުނ،ް އައ.ިއ.ޯޓ.ީސީގެ ދަށުން ހިންގާ މުހިންމު އެހެނިހެން ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް
ދިވެހިރާއްޖޭގައި ބޭއްވުމަށް ތާވަލުކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އެ ބައްދަލުވުންތަކުގެ ތެރޭގައި:
• އައ.ިއ.ޯޓ.ީސީގެ ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން
• އައ.ިއ.ޯޓ.ީސީގެ އިދާރީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީގެ 23 ވަނަ ބައްދަލުވުން
• އައ.ިއ.ޯޓ.ީސީގެ މެނޭޖްމަންޓް ޕްރޮސީޖަރސްއާ ބެހޭ ޓެކްނިކަލް ކޮމިޓީގެ 10 ވަނަ ބައްދަލުވުން
މި ބައްދަލުވުންތަކުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއ،ި މަސްވެރިކަމުގެ ދާއިރާގެ
ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމުމަކ،ީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއ،ި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަމަށާއި، މިއީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓްރީން ބުނެފައި ވެއެވެ.
މިފަދަ މުހިންމު ފުރުސަތެއް ރާއްޖެއަށް ލިބިގެން މި ދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުންނެވެ. އައ.ިއޯޓ.ީސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވީ މިކަމުގެ ސަބަބުން މަސްވެރި ސިނާއަތަށް މިކަމުން ކުރާނެ ފައިދާއާއި މިކަމުގެ މުހިންމު ކަމުންކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މިބައްދަލުވުން ބޭއްވުމުގެ ހުރިހާ ޚަރަދެއް ސަރުކާރުންކުރާކަމީ މިކަމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއްކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
އައ.ިއ.ޯޓ.ީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއ،ި އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށ،ް ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ. އައ.ިއ.ޯޓ.ީސީއިން ނިންމާ ނިންމުންތަކުގެ ތެރޭގައި މި ސަރަހައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމުގެ ފިޔަވަޅުތަކާއ،ި މަސްބޭނޭނެ މިންގަނޑުތައް ކަނޑައެޅުމާއ،ި އިލްމީ ދިރާސާތައް ކުރިއަށްގެންދިއުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. މި ނިންމުންތަކުގެ ސަބަބުން، ކަނޑުމަހުގެ ބާވަތްތަކުގެ އާބާދީ ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް މަސްވެރިކަމުގެ ސިނާޢަތުގެ މަންފާ އިތުރުކުރުމުގެ މަގުފަހިވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.