ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ނިންމައިފި އެވެ.
އެޗްޑީސީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބާއްވާ މި މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އޮންލައިންކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. 07 މެއިގެ ނިލަޔަށް މަސްރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.












