ރ. އިނގުރައިދޫގެ އޮޑިދޯނި އެހެލާ ސަރަަހައްދުގައި ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތައް ރަޖިސްޓްރީކުރަން އެރަށު ކައުންސިލުން އަންގައިފި އެވެ.
މިކަން އާންމުކޮށް އަންގާ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެރަށުގައި އޮޑިދޯނި އެހެލާ މަރާމާތުކުރުމަށް ޚާއްސަ ސަރަޙައްދެއް ކަނޑައެޅި، ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދުގެ ތެރެއިން ކައުންސިލް އިދާރާގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ހުއްދަދެމުން އަންނަކަމަށެވެ. އެހެން ނަމަވެސް، އެ ސަރަޙައްދުގައި ރަޖިސްޓަރީނުކޮށް އުޅަނދުފަހަރު ހުރިކަން ކައުންސިލް އިދާރާއަށް ފާހަގަކުރެވިފައިވާތީ މިއަދުން ފެށިގެން އެއުޅަނދުތައް ރަޖިސްޓްރީކުރުމަށް އަންގާކަމަށެވެ.
ކައުންސިލުން ބުނީ، ރަޖިސްޓަރީނުކޮށް އޮޑިދޯނިއެހެލާ ސަރަޙައްދުގައި މަރާމާތުކުރަމުންދާ ފަރާތްތަކުން 20 ނޮވެންބަރު 2025 ވަނަ ދުވަހުގެ ކުރިން ކައުންސިލް އިދާރާގައި ރަޖިސްޓަރީކުރުމަށް އެދޭކަމަށެވެ. އަދި، އެހެލާ އުޅަނދުފަހަރުގެ ތެރެއިން އެރަށަށް ނިސްބަތްވާ އުޅަނދުފަހަރަށް އެހެލާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ފީއަކާނުލައި ލިބޭނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.












