ކަނޑައިގެން ދިޔަ ބ. ފުޅަދޫ ކަނދުފަތި މިއަދު އަލުން އަޅައިފި އެވެ.
ފުޅަދޫ ކަނދުފަތި އަޅާފައިވަނީ ކުރިންވެސް އެރަށު ކަނދުފަތި އަޅާފަ އޮތް ސަރަހައދުގައެވެ. އެއީ، އެރަށުގެ ހުޅަނގުން 14 މޭލު ބޭރެވެ.
ދޮށީ ކަނދުފަތި ނަންބަރަކީ، G08D02 އެވެ،

ފިޝަރީޒް މިނިސްޓްރީން މި ބަންދާ ދިމާކޮށްދަނީ ކަނޑައިގެންގޮސްފައި ހުރި ކަނދުފަތި އެޅުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން، ފުޅަދޫގެ ކަނދުފަތީގެ އިތުރުން ކަނޑައިގެންދިޔަ އއ.މާޅޮހު ދޮށީ ކަނދުފަތިވެސް ވަނީ އަލުން އަޅައިފި އެވެ.
މި ދެ ކަނދުފަތި އަލުން ގާއިމުކުރުމާއެކު ރާއްޖޭގެ ދޮށީ ކަނދުފަތީގެ ވިއުގައިގަ ހިމެނޭ 64 ކަނދުފަތީގެތެރެއިން މިހާރު ކަނޑައިގެން ގޮސްފައިވަނީ އެންމެ ކަނދުފައްޗެކެވެ. އެއީ ތ. ހިރިލަންދޫ ކަނދުފައްޗެވެ.
ދޮށީ ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅަމުން އަންނަ ކަދުފަތިތަކެކެވެ.