ކ.ދިއްފުށީ އިރުން 13 މޭލު ބޭރުގައި ދޮށީ ކަނދުފައްޗެއް ގާއިމުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމުން މިކަނދު ފަތި އަޅާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެ ކަނދުފަތީގެ ނަންބަރަކީ، H10D01 އެވެ.

ދޮށީ ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅަމުން އަންނަ ކަނދުފަތިތަކެކެވެ. އެކަނދުފަތިތަކުގެ ވަށައިގެންވާ ސަރަހައްދުގައި ދޮށީ މަސްވެރި އުޅަނދުފަހަރަށް ދަތިވާގޮތައް އެހެނިހެން މަސްވެރިކަން ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.
ރާއްޖޭގެ ކަނދުފަތި ވިއުގައަށް ބަލާއިރު މިވަގުތު 65 ދޮށީ ކަނދުފަތި އެބަައޮތެވެ.