ޅ.ހިންނަވަރު އޮޑިއެހެލާ ސަރަހައްދުގައި ހުރި ވެރި ފަރާތް ނޭނގޭ އޮޑިދޯނި ފަހަރާއި އެހެނިހެން ތަކެތީގެ މައުލޫމާތު ހިއްސާކުރުމަށް އެރަށު ކައުންސިލުން މުހުލަތެއް ދީފި އެވެ.

މިކަން އާންމުކޮށް އަންގާ އެރަށު ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެއްވެސް ފަރާތެއްގެ އޮޑިދޯނިފަހަރު ނުވަތަ އެހެނިހެން ތަކެތި އޮޑިއެހެލާ ސަރަހައްދުގައި ހުރިނަމަ 25 ސެޕްޓެންބަރ 2025 ވާ ބުރާސްފަތި ދުހަވުގެ 12:00ގެ ކުރިން، އެތަކެއްޗާބެހޭ މަޢުލޫމާތު  ކައުންސިލް އިދާރާއާ ހިއްސާކުރުމަށް އެދޭކަމަށެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ، އެތަކެތި ނަގަން ދީފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ހިއްސާނުކުރާ ފަރާތްތަކުގެ ތަކެތި ކައުންސިލުން ނަގާނެކަމަށެވެ. އަދި، އެތަކެތި ނެގުމުގެ ތެރޭގައި އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމަކަށް ޒިންމާ ނުވާނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.