ދިވެހި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ”ސީފުޑް ވޮޗް“ގެ ޚާއްސަ ރޭޓިންގ ލިބިއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މޮންޓަރޭ ބޭ އެކުއޭރިއަމްގެ ”ސީފުޑް ވޮޗް“ ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް ކަނޑައަޅަފާއިވާކަމަށާއި، މިއީ ”ސީފުޑް ވޮޗް“ގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރުކަމަށެވެ.
އެމެރިކާގެ މަސްވިއްކާ ކުންފުނިތަކާއި، އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިޢާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ ”ސީފުޑް ވޮޗް“ ޕްރޮގްރާމުން އަލަށް އާންމުކުރި އިރުޝާދުތަކުގައ،ި ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނ ކަނޑައަޅާފައެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ، އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސ،ް މުޅި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ ”ބެސްޓް ޗޮއިސް“ ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ރޭޓްކުރެވިފައިވާކަމަށެވެ. ރާއްޖެ މިގޮތައް ރޭޓްކުރެވިގެންދިއުމަކީ ދިވެހި މަސްވެރިންނާއ،ި މަސް ގަނެ ޕްރޮސެސްކުރާ ފަރާތް ތަކާއ،ި ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި މިއީ، ދިވެހިރާއްޖެއަށާއ،ި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީޚީ ކުރިއެރުމެއްގެގޮތުގައި ފިޝަރީޒް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.











