ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހަމުން އަންނަ މަސްދަޅު ކޭސް މާލެ ސަރަހައްދުގެ 15،000 ގޭ ބިސީއަކުން ނަގައިފި އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ގާއިމުކޮށްފައިވާ 13 މަރުކަޒުން މިހާތަނަށް ޖުމްލަ 15،000 މަސްދަޅު ފޯރުކޮށްދެވިފައިވާކަން ހާމަކުރައްވާފައިވަނީ އަންމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރުގެ ޕޯސްޓުގައި، މަސްދަޅު ކޭސް ބެހުމަށް މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަ ގޮތެއްގައި އެކަން ކުރިޔަށްދާކަން އުފަލާއެކު ފާހަގަކުރައްވައި ވިދާޅުވެފައިވަނީ ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން ކުރިޔަށްގެންދަވާނެކަމަށެވެ. އަދި މާލެ ސަރަހައްދުގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ލިބެންދެން އިންތިޒާމުތައް ކުރިޔަށްގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.












