މޫސުން ގޯސްވެ އިތުރު އަތޮޅުތަކަށް މޫސުމީ ރީނދޫ ސަމާލު މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އިން ނެރެފި އެވެ.
މެޓް އޮފީހުން މިއަދު ހެނދުނު 10:15 އިން ހަވީރު 04:00އާ ހަމަޔަށް ހުދު ސަމާލު ނެރުނީ، ނ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމަޔަށެވެ. އެ އަތޮޅުތަކަށް، ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެނުނަމަވެސް، އޭގެ ފަހުން 11:30 ގައި ރ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމަޔަށް ރީނދޫ ސަމާލު ނެރުނެވެ.
އަނެއްކާވެސް، ދެންމެ މެޓް އޮފީހުން ވަނީ، ހއ އިން ފެށިގެން ވ އަތޮޅާ ހަމަޔަށް މިރޭ 07:30 އާ ހަމަޔަށް ރީނދޫ ސަމާލު ނެރެފައެވެ. ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް، ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.












