ކެޔޮޅާ ނޫހުން އުފައްދާ ގއ. ކޮލަމާފުށީގެ މަސްވެރިކަމާ ގުޅުންހުރި ކޮންޓެންޓުތައް އުފެއްދުމަށް ނޫހަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ހޯދުމަށް ކެޔޮޅާ ޓީމުންގެ ކޮލަމާފުށީ ކައުންސިލާ ބައްދަލުކޮށްފި އެވެ.
ކެޔޮޅާ ޓީމާއެކު ބޭއްވެވި މިބައްދަލުވުމުގައި އެރަށު ކައުންސިލްގެ ރައީސް މުއްސަދު ސައީދު އާއި ނައިބު ރައީސް ޝަހާމަތު ހަނީފް ބައިވެރިވަޑައިގެންނެެވިއެވެ. މިބައްދަލުވުމުގައި، ގއ. ކޮލަމާފުށީގެ މަސްވެރި ދާއިރާއާއި ގުޅުންހުރި ޚަބަރުތަކާއި މައުލޫމާތުތަކާއި އަދި އެހެނިހެން މީޑިއަމްތަކައް ކޮންޓެންޓް އުފެއްދުމުގައި ކެޔޮޅާ ނޫހަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލުން ފޯކަލް ޕޮއިންޓެއް ކަނޑައެޅުމާއި، ކެޔޮޅާ ނޫހުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ”މަސް ނޫސްވެރިން“ ތަމްރީންކުރުމުގެ ޕްރޮގްރާމްގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުމަށާއި، މަސްވެރިކަމާ ގުޅުންހުރި ދާއިރާތަކުން މަސްވެރިން އަހުލުވެރުކުރުމަށް ގުޅިގެން ޕްރޮގްރާމްތަކެއް ކުރިޔަށްގެންދިއުމަށް މަޝްވަރާ ކުރައްވާފައިވެއެވެ.











