މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން މ. މަޑުއްވަރީ ކައުންސިލާއި އެރަށު މަދަނީ ޖަމްއިއްޔާއެއްކަމަށްވާ ކްލަބް އަޕްރައިޒިންގ އާ ގުޅިގެން މަޑުއްވަރީގައި ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-2 ކޯހެއް ފަށަން ތައްޔާރުވެއްޖެއެވެ.
މިކޯސް ފަށަން ހަމަޖެހިފައިވަނީ، މިމަހުގެ 10ވަނަ ދުވަހުއެވެ. ޖުލައި 12ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދަން ރާވާފައިވާ މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މިއަދުގެ ނިޔަލަށް ނަން ނޯޓްކުރުމުގެ ފުރުސަތުވެސް އެމްޓީއައިއިން ދީފައިވެއެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ފޯމް ކުމެދުވެރިކޮށް ކޯހަށް ރަޖިސްޓްރީ ރެވޭނެއެވެ. ކޯހުގައި ބައިވެރިކުރަނީ ފުރަތަމަ ފޯމު ހުށަހަޅާ 35 ފަރާތެވެ.












