ހއ.އިހަވަންދޫ ސިނާއީ ސަރަހައްދުން މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ދޫކުރާ ބިން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކައް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.
އިހަވަންދޫ ކައުންސިލުން ބުނީ، އެރަށުގެ ލޭންޑްޔޫސް ޕްލޭންގައިވާގޮތުގެ މަތީން އިންޑަސްޓްރިއަލް ބިމުގެ ސަރަޙައްދުން، ބިންދޫކުރުމަށް މިމަހުގެ2ވަނަ ދުވަހު އާންމުކުރި އިއުލާން ބާޠިލުކޮށް، ބިމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާކަމަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅިދާނެކަމަށް ކައުންސިލުންބުންޏެވެ.
މަސް ކައްކައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް އެރަށުގެ ސިނާއީ ސަރަހައްދުން 3000އަކަފޫޓު ގެ 04 ބިން ކުއްޔަށްދޭން ނިންމާފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަށްކަށެވެ. ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ކުލީގެގޮތުގައި ހުށަހަޅަން ޖެހެނީ އަކަފޫޓަކަށް އެއް ރުފިޔާއަށްވުރެ ކުޑަ ނޫން އަގަކަށެވެ.
ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންޖެހެއެވެ. ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށްއެދޭ އޮންލައިން ފޯމް ފުރާލައިގެން ޕްރޮޕޯސަލް ހުށަހެޅުމުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ. ފޯމް ހުށަނާޅާ ފަރާތްތައް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނުދޭނެކަމަށް ކައުންސިލުން ބުންޏެވެ.24ފެބްރުއަރީގެ23:59ގެނިޔަލަށްރަޖިސްޓްރީކުރެވޭނެއެވެ.
މި ބިންތަކައް ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 3 މާރިޗު 2026ވާ އަންގާރަ ދުވަހުގެ 11:00ގައި އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.