އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއަށް ޚާއްސަ ލޯނު ސްކީމެއް ތައާރަފުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަސްވެރިކަމުގެ ދާއިރާއިން ސަރުކާރުން ދޫކުރަމުން އަންނަ ލޯނު ސްކީމްތައް އަދި މާލީ ފެސިލިޓީތަކަށް އިޝާރާތްކުރައްވައި، ރައީސް ވިދާޅުވީ އޮޑިފަހަރު ބަނުމަށް ޚާއްސަ ލޯން ސްކީމެއް ތައާރަފްކުރުމަށް އެމަނިކުފާނު ނިންމަވާފައިވާކަމަށާއި، އެސްކީމް ތައާރަފްކުރުމުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަކަމަށެވެ. މި ސްކީމް ތައާރަފްކުރެވިގެން ދިއުމާއެކު، އޮޑިދޯނި ފަހަރު ބަންނަން ބޭނުންވާ ފަރާތްތަކަށް ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.












