މާލެ އާއި ހުޅުމާލޭގައި ހުންނަ ފިހާރަތަކުން ވިއްކުމަށް އާ އުފެއްދުމެއް ކަމަށްވާ ޗިލްޑް ޔެލޯފިން ޓޫނާ ބްލޮކް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ތައާރަފުކޮށްފިއެވެ.
އެކުންފުނިން ބުނީ، މިއުފެއްދުން މިހާރު މާލޭގެ ހިލާލީމަގުގައި ހުންނަ މިފްކޯ މަސް ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.












