މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ކަޅުބިލަ މަސް ގަންނަ އަގު މަތިކޮށްފިއެވެ.
މިފްކޯއިން މިއަދު ބުނީ، އެކުންފުނީގެ ހުރިހާ ސެންޓަރުތަކުންނާއި ބޯޓުފަހަރުން މިއަދު މަސް ގަންނާނީ 20ރުފިޔާއަށް ކަމަށެވެ.

މިފްކޯގެ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްގެ އިތުރުން ގދ. ތިނަދޫ، ގދ.ފަރެސް މާތޮޑާ، ގދ. ގައްދޫ، ފުވައްމުލައް ސިޓީ އަދި ހއ އިހަވަންދޫ ބަނދަރުން މިއަދު މަސް މިއަގުގައި މަސް ގަންނާނެއެވެ.
މިފްކޯއިން މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކަޅުބިލަ މަސްކިލޯއެއް ވިއްކަމުން އައީ 18.50 އަށެވެ.
މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު މަތިކުރިނަމަވެސް، ކަންނެލި މަސް ގަންނަ އަގުހުރީ އެއްވަރެއްގައި ހިފަހައްޓާފައެވެ. މިގޮތުން 10-15 ކިލޯގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.
މުޖުތަމައު
ވިޔަފާރި
މުޖުތަމައު