ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ **ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ **ޑީންއަކަށް ޑރ. އަހްމަދު ރިޔާޒު ޖައުހަރީ އައްޔަން ކުރައްވައިފި އެވެ.
މެރިން އިކޮލޮޖީގެ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ، ޑރ. ރިޔާޒު ފިޝަރީޒް ކޮލެޖްގެ ޑީންއަކަށް ހަމަޖެއްސެވީ އިއްޔެގެ އެމްއެންޔޫގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ޑީންކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ޑރ. ރިޔާޒު ދެއްކެވި ވާހަކަފުޅުގައި، ފިޝަރީޒް ކޮލެޖަކީ ހަމައެކަނި މަސްވެރިކަމާބެހޭ ތައުލީމު އުގަންނައިދޭ މުއަސަސާއެއް ނޫން ކަން ބަޔާން ކުަރައްވައ،ި އެތަން ވެގެންދާނީ މާހައުލީ ނިޒާމްތައް ދެނެގަނެ އެކަންކަން އަންނަން އޮތް ޖީލުތަކަށް ވާސިލު ކޮށްދޭނެ މުހިންމު ބިންގަލެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ. އަދި، އެ ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމު ވެގެން ދާނީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުގެ ނަފާ އެންމެ ފުރިހަމައަށް ހޯދުމަށް މަގުފަހިކޮށްދޭ ޢިލްމަށް ކަމަށާއި، އެ ކޮލެޖުގެ ދަރިވަރުން ވެގެންދާނީ ދިރާސާތަކުގެ އަލީގައި އުގެނި ރާއްޖޭގެ މެރިން ސައެންސްގެ ދާއިރާގެ އިސްސަފުގައި މަސައްކަތްކުރާނެ ބަޔަކަށް ކަމަށްވެސް ވިދާޅުވި އެވެ.












