އައްޑޫ ސިޓީގައި ބައެއް ކަނޑު އުޅަނދުފަހަރުތައް ނެވިގޭޝަން ބައްތި ނެތި ދުއްވަމުންދާތީ، އެފަދަ އުޅަނދުތަކުގައި ނެރުބައްތި ހަރުކުރަން ސިޓީ ކައުންސިލުން އަންގައިފި އެވެ. މިކަން އާންމުކޮށް އަންގާ މިއަދު ސިޓީ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މިފަހަކަށް އައިސް ހުޅުދޫގައި ދުއްވާ ޑިންގީ އަދި ކުދި ދޯނިތަކުގައި ނެވިގޭޝަން ބައްތި ނެތި ދުއްވާކަމުގެ ޝަކުވާ ކައުންސިލް އިދާރާއަށް ލިބެމުން އަންނަކަމަށެވެ. އަދި، މިގޮތަށް ބައްތި ނެތި ރޭގަނޑު ދުއްވުމާއި، މަސްވެރިކަމާއި އެހެނިހެން ބޭނުންތަކަށް ކަނޑުމަތީގައި މަޑުކޮށްގެން އޮތުމުގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގުމުގެ ފުުރުސަތު ބޮޑުކަމަށް އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ.
މި ޝަކުވާތަކާއި ގުޅިގެން ސިޓީ ކައުންސިލުން މިއަދު ވަނީ އެ ސިޓީގައި ދުއްވަމުން އަންނަ ހުރިހާ ކަނޑު އުޅަނދު ތަކުގައި ނެވިގޭޝަން ބައްތި ހަރުކޮށް، ގާނޫނާއި ގަވާއިދާއި އެއްގޮތަށް އަމަލުކުރުމަށް އަންގާފައެވެ.












