ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ)އަށް އިތުރުކުރެވޭ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގައި އިންޖިނިއަރިންގ، ޕްރޮކިއޮމެންޓް އަދި ކޮންސްޓްރަކްޝަން ދާއިރާގައި އެންމެ ކުރީގައި ހަރަކާތްތެރިވާ ކުންފުންޏެއްކަމަށްވާ، ލަކީ ގްލޯބަލް ޕްރޮޖްކްޓްސް ޕްރައިވެޓް ލިމިޓެޑްއާ އެވެ.
މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމެވެ. އަދި، ލަކީ ގްލޯބަލް ޕްރޮޖްކްޓްސް ޕްރިއިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޝިޝް އޮބްރޯއީ އެވެ.












