މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ބާއްވާ ހަފްލާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިކަން އާންމުކޮށް އަންގާ އިއްޔެ ނެރުނު އިއުލާނުގައި ބުނެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ބާއްވާ ހަފްލާގައި ތިން އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ، ތަޖުރިބާކާރު ކެޔޮޅާއި، ޚިދުމަތްތެރި ޒުވާން ކެޔޮޅާއ،ި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑެވެ.
އެވޯޑްތަކުގެ ތަފްސީލް:
އިއްޔެ ފިޝަރީޒް މިނިސްޓްރީން ވަނީ މި އެވޯޑްތަކަށް ކުރތިމަތިލުމަށް ބޭނުންވާ ޝަރުޠު ހަމަވާ ކެޔޮޅުންނާއި މަސްވެރިންނަށް އެފުރުސަތު ހުޅުވާލާފައެވެ. މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި އެވޯޑުތަކަށް ކުރިމަތިލެވޭނީ މާޅޮސްމަޑުލު އުތުރުބުރިއަށް ނިސްބަތްބާ ފަރާތްތަކަށް ކަމަށެވެ. އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެވޯޑަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށް ފަހު 23 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.
އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް fisheriesmanagement@fisheries.gov.mv އަށް ފޮނުވުމަށް މިނިސްޓްރީން އެދިފައިވެއެވެ.
ކޮންމެ އަހަރަކުވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ. ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައެވެ. މިއަހަރު ފާހަގަކުރަނީ 45ވަނަ މަސްވެރިންގެ ދުވަހެވެ.