މިމަހުގެ 19 ވަނަ ދުވަހު، ހދ. ކުޅުދުއްފުށީ ފަރުގެ އުރަފަށް ކައިރިއަށް މަސްހިފަން ފައިބައިގެން އުޅެނިކޮށް ޒަޚަމްވި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގައި ހޮސްޕިޓަލުން ބުނެފިއެވެ.
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެމީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ފަރުވާދެމުން އަންނަނީ ވޯޑުގައި ބާއްވައިގެން ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ހިނގި މިހާދިސާގައި ޒަޚަމްވީ، ހދ. ކުޅުދުއްފުށީ، ކަލި، ހާމިދު ޢަބްދުލްވައްޙާބުއެވެ. އޭނާއަށް މިޔަރު ހަމަލާދިނީ، އިތުރު ބަޔަކާއި އެކު މަސްހިފަން މޫދަށް ފޭބިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.










