ދިވެހިރާއްޖޭގެ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ އަދި ޗައިނީސް އެކަޑަމީ އޮފް ސައިންސަސް އާ ދެމެދު ވެވުނު ޓެކްނޮލޮޖީ އެއްބާރުލުމުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) ގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް އީޕޭއޭއިން ބުނެފި އެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކަނޑުގެ ދިރާސާތަކުގައި ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދިނުމަށް އެއްބަސްވެވުނު މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އެކަމަށް ޚާއްސަކޮށްގެން އިއްޔެ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިގް އިބްރާހީމެވެ.












