ބ. އަތޮޅުގައި އިހުތިސާސްތެރޭގައި އޮންނަ ވިލިގިނލިފަރު ފިނޮޅު ދިގު މުއްދަތަކަށް ކުއްޔަށް ދީފި އެވެ.
މިކަމާއި ގުޅޭގޮތުން ބ. އަތޮޅު ކައުންސިލުން ބުނީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިހަ އަހަރު ދުވަހުގެ މުއްދަތަކަށް ވިލިގިނލިފަރު ފިނޮޅު ކުއްޔަށް ދީފައިވާކަމަށެވެ.
އެ ފަޅު ކުައްޔަށް ދީފައިވަނީ މާލެ ސިޓީ، މއ. ފްރީޕާކް، މުހްދިން އާމިރުއަށެވެ. މުހްދިން މި ފިނޮޅު ކުއްޔަށް ނެގީ، ބ.އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފިނޮޅުތައް 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކައުންސިލުން އިއުލާނުކުރުމުން ޝައުޤުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހަޅައި، އޭނާ ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބު ކޮށްގެންނެވެ.
ކައުންސިލުން މިހާރުވަނީ އާމިރުއާ އެ ފިނޮޅު ހަވާލުކޮށްފަ އެވެ. ކައުންސިލުން ބުނީ، މީގެ ފަހުން ފިނޮޅަށް އެރޭނީވެސް، އަދި ބޭނުންކުރެވޭނީވެސް އާމިރުގެ ހުއްދަ އޮވެގެންކަމަށެވެ.












