އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މަސްރޭހެއް ބޭއްވުމަށް ނިންމާފައިވާކަމަށް މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން ބުނީ، މިއަހަރު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 6 ވާ ހުކުރު ދުވަހުކަމަށެވެ. ކައުންސިލުން މިހާރުވަނީ މަސްރޭހުގައި ބައިވެރިވާން އެދޭ ފޯމާއި، މަސްރޭހުގެ ގަވާއިދު ދޫކުރަން ފަށާފަ އެވެ. މަސްރޭހުގައި ބައިވެރިވާ ޓީމްގައި ގިނަވަގެން ހިމެނެނީ 10 މެންބަރުންނެވެ. އަދި މަދުވެގެން 4 މެންބަރުންނެވެ،
ކައުންސިލުން ބުނީ، ރޭހުގައި ބައިވެރިވުމުގެ ފޯމާއި، ގަވާއިދު މިއަދުން މި މަހުގެ 28 ވަނަ ދުވަހުގެ 14:00 ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ. އަދި، ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 28 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.












