މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، ބާރުވެރި ކުރުމަށްޓަކައި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާއްސަ އީ –ކޮމަރސް ޕްލެޓްފޯމެއް ތައާރަފުކޮށްފި އެވެ.
”މަހަ“ ގެ ނަމުގައި ތައާރަފުކުރި އީ–ކޮމަރސް ޕޯޓަލް އަކީ، އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނަށް މަސްވެރިކަމުގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަށް، ހަފުތާ ސާދައިގެ މަގުޗާޓުގައި ކަނޑައަޅާފައިވާ ވައުދުގެ ދަށުން، ތަޢާރަފް ކުރި ޕޯޓަލް އެއް ކަމަށް ބީސީސީއިން ބުނެފައި ވެއެވެ.










