ތ.އޮޅުފުށީ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގ ފަރާތުން މިއަދު، އެ ވަދު ކަނދުފަތި އަޅާފައިވަނީ އޮޅުފުށީ ހުޅަނގު ދެކުނުން 4 މޭލު ބޭރުގައެވެ.

ތ.އޮޅުފުށީ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގ ފަރާތުން މިއަދު، އެ ވަދު ކަނދުފަތި އަޅާފައިވަނީ އޮޅުފުށީ ހުޅަނގު ދެކުނުން 4 މޭލު ބޭރުގައެވެ.
އަލަށް އެޅި މި ވަދު ކަނދުފަތީގެ ނަންބަރަކީ L08V01 އެވެ. މިކަނދުފައްޗާއެކު ތ އަތޮޅުގެ ވަދު ކަނދުފަތީގެ އަދަދު ވަނީ 4 އަށް އަރާފައެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.