އޮޑިދޯނިފަހަރު ބަނުމާއި ސިނާއީ މަސައްކަތް ކުރުމަށް އިންނަމާދޫ ސިނާއީ ސަރަހައްދުން ބިމެއް ކުއްޔަށް ދޫކުރަން ނިންމައިފިއެވެ.
އިންނަމާދޫ ކައުންސިލުން ކުއްޔަށްދޭން ނިންމާފައިވަނީ، އެރަށުގެ ސިނާއީ މަސައްކަތްކުރާ ސަރަހައްދުން 4800 އަކަފޫޓްގެ ބިމެވެ. ބިން ކުއްޔަށްދޫކުރަނީ 5 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށެވެ. ބިން ކުއްޔަށްދެނީ އަކަފޫޓަކަށް ސާޅިސް ފަސް ލާރިއަށްވުރެ ކުޑަނޫން އަދަދަކަށެވެ.
ބިން ކުއްޔަށް ދޫކުރެވޭ ބޭނުންތައް:
ލަކުޑި އަދި ފައިބަރު އޮޑި ދޯނިފަހަރު ބަނުމުގެ މަސައްކަތްކުރުމަށް
ލަކުޑި އަދި ފައިބަރު އޮޑިދޯނިފަހަރު މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް
ލަކުޑި އަދި ފައިބަރުގެ އެކިއެކި މަސައްކަތްކުރުމަށް
ވަޑާންގެ ހިންގުމަށް
ލޯންޗ،ް ޑިންގީ ފަދަ އުޅަނދުތައް ބަނުމަށާއި މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް
ލަކުޑި އަދި ފައިބަރު އޮޑިދޯނިފަހަރު/ލޯންޗް/ޑިންގީ ފަދަ އުޅަނދުތައް ބަނުމާއި މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް
އޮޑިދޯނިފަހަރު ބަނުމާއި ސިނާއީ މަސައްކަތްތަކާއި ގުޅުންހުރި މުދަލާއި ތަކެތި ރައްކާކޮށް ގުދަންކުރުމަށް
ކެމިކަލް ގުދަންކުރުމަށް
ބިން ކުއްޔަށް ނަގަން ބޭނުންވާ ފަރާްތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އިންނަމާދޫ ކައުންސިލުން މިހާރުވަނީ ހުޅުވާލާފައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލް އީ-މެއިލް: info@innamaadhoo.gov.mv އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރކޮށްގެންނެވެ. ބީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ 2025 އޯގަސްޓް 25 ވާ ހޯމަ ދުވަހުގެ ހެނދުނު 13:00 ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އަދި، ބީލަން ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަންނާނެކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮސްފައިވާ ވިޔަފާރިތައް
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންނަށް.
ރަޖިސްޓްރީކުރެވި ހިންގަމުންދާ ކުލަބު ޖަމިއްޔާތައް،
އަމިއްލަ ފަރުދުން
އިންނަމާދޫ ކައުންސިލުން ބުނީ، މި ބީލަމާއި ގުޅިގެން ފްރީ ބިޑް ބައްދަލުވުމެއް ނުބާއްވާނެކަމަށެވެ. އަދި، ބީލަން ހުޅުވުން އޮންނާނީ 2025 އޯގަސްޓް 26 ވާ އަންގާރަ ދުވަހުގެ 13:00ގައި ކައުންސިލް އިދާރާގައި ކަމަށާއި، ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިންނަމާދޫ ކައުންސިލުން ބުނެފައިވެއެވެ.